މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Management and Science University (MSU) Scholarship

އިޢުލާން

ނަންބަރު:  (IUL)475-Schol/475/2019/115 

ތާރީޚް: 31 ޖުލައި 2019

Management and Science University (MSU) Scholarship

ޤައުމު: މެލޭޝިޔާ

ބެޗްލަރސް ޑިގްރީ (މެޑިކަލް)

ބެޗްލަރސް ޑިގްރީ (ނޮން މެޑިކަލް)

ލެވެލް:

-  ބެޗްލަރސް ޑިގްރީ   10%ޓިއުޝަން ފީ ހިލޭ (ފުރުސަތުގެ އަދަދު ކަނޑައެޅިފައި ނުވޭ)

- ބެޗްލަރސް ޑިގްރީ   100%ޓިއުޝަން ފީ ހިލޭ (1ފުރުސަތު)

 -ބެޗްލަރސް ޑިގްރީ   50%ޓިއުޝަން ފީ ހިލޭ (1ފުރުސަތު)

- ބެޗްލަރސް ޑިގްރީ   20-30%ޓިއުޝަން ފީ ހިލޭ (ފުރުސަތުގެ އަދަދު ކަނޑައެޅިފައި ނުވޭ)

މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ޝީޓްގައިވާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށްށެވެ.

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

1 ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. )ޕޮއިންޓް ދޭނީ ނަތީޖާ އެންމެ ރަގަޅު 5 މާއްދާއަށް)

 

2 - ޓެކްނިކަލް / އެކައުންޓިންގ އެންޑް ފައިނޭންސް / އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސް ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް ގައި ހިސާބު ހިމެނޭގޮތަށް 2  މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވާނަމައެވެ.

 

  - ހޮސްޕިޓަލިޓީ / ބިޒްނަސް އަދި ސޯޝިއަލް ސައިންސް ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް އިން 2  މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވާނަމެވެ.

 

  - (އެމް.ބީ.ބީ.އެސް ނުހިމަނައި) ސައިންސްް ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް ގައި ބައިލޮޖީ އަދި ކެމިސްޓްރީއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވާނަމެވެ.

 

  - އެމް.ބީ.ބީ.އެސް ހެދުމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވުން.

  - އެމް.ބީ.ބީ.އެސް ހެދުމަށް ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން  ދަށްވެގެން ތިރީގައިވާ މިންގަޑަށް ފާސްވެފައިވުން.

    ބައިލޮޖީ “B”  ، ކެމިސްޓަރީ “B”  އަދި ފިޒިކްސް ނުވަތަ ހިސާބް “B”   ނުވަތަ،

    ބައިލޮޖީ “A”  ، ކެމިސްޓަރީ “B”  އަދި ފިޒިކްސް ނުވަތަ ހިސާބް “C”   ނުވަތަ،

    ބައިލޮޖީ “A”  ، ކެމިސްޓަރީ “A”  އަދި ފިޒިކްސް ނުވަތަ ހިސާބް “C”   

      

 

3 ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.  

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

 

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

 

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

3. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

4. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެމަތީ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ކެންޑިޑޭޓެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. އެމް.ބީ.ބީ.އެސް ހެދުމަށް ޝަރުތު ހަމަވާކަން ބަޔާންކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދީފައިވާ ލިޔުން.

6. އިއުލާނާ އެކީގައި ވެބްސައިޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

7. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

8. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލު ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

 

ހުށަހަޅަންޖެހޭ ތަކެތި:

-          ކޯސްފީގެ ބާކީ އާއި ކޯހާގުޅޭ އެހެނިހެން ޚަރަދުް ހަމަޖައްސަންވާނީ ކޯހަށް ހޮވޭ ކެންޑިޑޭޓް އަމިއްލައަށެވެ.

-           މިކޯސްތަކަށް ކެންޑިޑޭޓުން ހޮވާނީ މެރިޓް އުސޫލުންނެވެ.

-          ކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ކެންޑިޑޭޓް ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ވެސް ހިމެނޭގޮތަށް) ބެލެވޭނެއެވެ.

-          މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ  ޔުނިވާރސިޓީއިންނެވެ.

-          އެންމެ ފަހުގެ ސެލެކްޝަން ހަދައި ސްކޮލަރޝިޕް ލިބިވަޑައިގަތުމުން، ފުރުއްވުމުގެކުރިން ސްކޮލަރޝިޕް ލިބިވަޑައިގެން ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ / ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސްދޭ އެހެނިހެން އޮތޯރިޓީތަކުން ޤަބޫލު ކުރާ ކޯހެއްތޯ ބައްލަވަންވާނެއެވެ.

-          މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު އެދިވަޑައިގެން ކޯސް ބަދަލެއް ނުކުރެވޭނެއެވެ.

-          ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-          އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

-          ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

-          މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

-          ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

-          ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-          ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

-          އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-          "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-          އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

-          ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3413933 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

       
31 ޖުލައި 2019
ހޯދާ