މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ސަމާލު ކަމަށް

ސަރކިއުލަރ

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ސަމާލު ކަމަށް

މި ހިނގާ ޖުލައި މަހުގެ 31 ން ފެށިގެން ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ދުންފަތް ހިމެނޭ ކޮންމެ އުފެއްދުމެއްގައި، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ފޮޓޯޖެހި ޞިއްޙަތުގެ އިންޒާރު ޖެހުމަކީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" (2019/R-158) ގެ ދަށުން ލާޒިމު ކުރާ ކަމެކެވެ. ނަމަވެސް 31 ޖުލައި 2019 ގެ ކުރިން އުފައްދާފައިވާ ނުވަތަ ރާއްޖެއަށް އެތެރެކޮށްފައިވާ (ހަމައެކަނި ޢިބާރާތުން ޞިއްޙަތުގެ އިންޒާރު ޖަހާފައިވާ) އުފެއްދުންތައް ވެސް 29 ނޮވެންބަރު 2019 ގެ ނިޔަލަށް ފިހާރަ ތަކުގައި ބެހެއްޓުމާއި ވިއްކުމަކަށް މި ޤަވާޢިދު ހުރަހެއް ނާޅައެވެ.

ވީމާ، ޙަވާލާ ދެވިފައިވާ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތަށް ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެކަމާއި ޤަވާޢިދާ އެއްގޮތަށް ޢަމަލު ކުރެއްވަމުން ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އުފައްދާ އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

01 އޮގަސްޓް 2019
ހޯދާ