ފީވަކު ޞިއްޙީމަރުކަޒު، ށ. ފީވަށް
ދިވެހިރާއްޖެ
ރިޝެޕްޝަނިސްޓް

މަޤާމް:

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު:

J-277676

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.ފީވަކު ޞީއްޙީމަރުކަޒު / ށ.ފީވައް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

ސަޕޯޓިންކޯ އެލަވަންސް 

 -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކް އެލަވަންސް. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ބޭނުންވަނީކޮން ޚިދުމަތެއްތޯބަލާ އެޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ނުވަތަ އެކަމެއް އެވަގުތެއްގައި ނުވާފަދަ ހާލަތެއްގައި އެކަމެއް ރަނގަޅަށް އޮޅުން ފިލުވައިދިނުން
  2. ޞިއްޙީ މަރުކަޒަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރު ދޫކުރުން.
  3. ރިސެޕްޝަންކައުންޓަރުގައި ބޭނުންކުރެވޭ އެންމެހާ ތަކެއްޗާއި ލިޔެކިއުންތައް ބެލެހެއްޓުން.
  4. ޞިއްޙީ މަރުކަޒުންދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭފަދަ ޚިދުމަތެއް ދޭންޖެހޭފަދަ ޙާލަތެއްގައި، އެޚިދުމަތަކީ  ޞިއްޙީ މަރުކަޒުން ދެވެންހުރި ޚިދުމަތެއްތޯ ބަލާ ޔަޤީންކުރުމަށްފަހު (އަގުލިސްޓްބަލާ ރަނގަޅަށް ހިސާބުކޮށް ފައިސާނަގަންޖެހޭވަރު ރަނގަޅަށް ޔަޤީންކުރުމަށްފަހު) އަގުނެގުން
  5. ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް (ރަސީދުގައިވާ އެންމެހާ މަޢުލޫމާތު ރަނަގަޅަށް ފުރިހަމަކޮށް ) ފައިސާގެ ރަސީދުހަދާ ޙަވާލުކުރުން
  6. ލިބޭފައިސާގެ ދުވަހު ފޮތް ކޮންމެ ދުވަހަކުވެސް ގަވާއިދުން އަޕްޑޭޓްކޮށް ފައިސާ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނާއި ހަވާލުކުރުން.
  7. އާސަންދަ ޚިދުމަތްދެވޭ ފަރާތްތަކުގެ މަޢުލޫމާތުތައް ފުރިހަމަކޮށް ދުވަހުން ދުވަހަށް ޓްރާންސެކްޝަންސް އަދި ބިލްހެދުމާއި ކޮންމެ މީލާދީމަހެއް ނިމުމުން އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނަށް ބިލްތައް ޙަވާލުކުރުން. 
  8. އެހެނިހެން އިންޝްއަރެންސް ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ ގޮތަށް ޚިދުމަތްދިނުމާއި އެފަރާތަކަށް ކަނޑައެޅިފައިވާ އުޞޫލަކުން ދުވަހުން ދުވަހަށް ބިލްހަދާ ފޮނުވަންޖެހޭ ބިލްތައް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
  9. އިމަޖެންސީ ބަލިމީހަކު ގެންނަނަމަ،ބަލިމީހައާބެހޭ މައުލޫމާތު އޮޅުންފިލުވައި ނަރުހުންނަށް އެންގުމާއި ބަލިމީހާ ރިސީވްކުރުމަށް ކުރަންޖެހޭ ތައްޔާރީތަށް ކުރުވުން.
  10. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ޓޯޓަލް ހަދާ ރިޕޯރޓް ހަދާފަރާތްތަކާއި ހަވާލުކުރުން.
  11. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުން އަންގަވާ ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:
  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ   އިތުރުން 'ސެކެންޑަރީ ސްކޫލް'  ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: 
  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ށ.ފީވަކު ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން   ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް

ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު ، މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )

  1. އިމްތިޙާން ''ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން''
  2. މަސައްކަތުގެ ތަޖްރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )
  3. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު

ޕޮއިންޓުގެ ޖުމްލަ %45(ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހު ގެ 12:00ގެ ކުރިން، ށ. ފީވަކު ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (feevakhealthcentre@gmail.com) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  19 އޮގަސްޓް 2019 އާއި 29އޮގަސްޓް 2019 އާ ދެމެދު، ށ.ފީވަކު ޞިއްޙީމަރުކަޒު ގައެވެ.

 

 

ޝޯޓް ލިސްޓްކުރުން: 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540613 އަށެވެ.  އީ-މެއިލް ކުރާނީ feevakhealthcentre@gmail.com  އަށެވެ.

 

01 އޮގަސްޓް 2019
ހޯދާ