ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިނިސްޓްރީއިން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ޖުލައި 2019ގައި ކުރެވުނު ނަންބަރު (IUL)101-EP/1/2019/246 އިއުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އަލުން މިކަމަށް ހުޅުވާލާ އިއުލާން ކުރަމެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަކީ، ދިވެހި ހުނަރުވެރި މަސައްކަތްތެރިންގެ އުފެއްދުންތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް، ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުޞަތު ދިވެހި އުފެއްދުންތެރިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީން ކުރިޔަށްގެންދާ މައުރަޒެކެވެ.
މި މައުރަޒުގެ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެއާއި ދަރުބާރުގޭގެ ވަށައިގެންވާ ސަރަޙައްދު ހިމެނޭގޮތަށް، ކަލާފާނު ސްކޫލުގެ ހޯލު އަދި ކުޑަކުދިންގެ ބަގީޗާ ހިމެނޭހެން ޓްރެފިކަށް ބުރޫ ނާރާނެ ގޮތްތައް ބަލައިގެންނެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހު 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުންއެދެމެވެ.
މިއުލާންއާއިއެކު، މި ބިޑްގެ ތަފްސީލް ހިމެނޭ ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.