މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު : މެނޭޖަރ ، ކޯޕަރޭޓް ފައިނޭންސް

މެނޭޖަރ، ކޯޕަރޭޓް ފައިނޭންސް

 

އިއުލާން

ވަޒީފާގެ ފުރުސަތު:

މެނޭޖަރ ، ކޯޕަރޭޓް ފައިނޭންސް

މަޤާމް

މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު 15,200އާއި 17,900 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގް އެލަވަންސް: މަހަކު 4،000 ރުފިޔާ

-އެޓެންޑަންސް އެލަވަންސް: މަހަކު 3،000 ރުފިޔާ

-އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް : މަހަކު 5,000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ފައިނޭންސް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ފައިނޭންޝަލް މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ޝަރުތުތައް

  • ކުންފުނީގެ ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭންއެއް އެކުލަވާލައި އެއާއި އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ފައިނޭންސް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ކުންފުނީގެ ރައުސުލްމާލު އިތުރުކޮށް ޓާރގެޓްސްތަށް ހާސިލްކުރާނެ ގޮތްތަކަކާއިމެދު ލަފާއެރުވުން.
  • ކުންފުނިން ދައްކަން  ޖެހޭ ޓެކްސް އަދި މީރާއާއި ގުޅިގެން ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރުން.
  • ކުންފުނިން ކުރާނެ އިންވެސްޓްމެންޓްތަކާއި ގެންގުޅެން އެންމެ ރަނގަޅު އުކުޅުތަކާއި ގުޅޭ ގޮތުން މެނޭޖްމަންޓަށާއި ބޯރޑަށް ލަފާއެރުވުމާއި ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން.
  • ފައިނޭންޝަލް މޮޑެލިންގް ބޭނުންކޮށްގެން ކުންފުނީގެ ކޭޝް ފްލޯ ފޯކާސްޓް ތައްޔާރުކުރުން.
  • ވިޔަފާރީގެ މަރުހަލާގައި ހިގާ މަޝްވަރާތަކުގައި ލަފާ ދިނުމާއި ވިޔަފާރީކުރާނެ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުން.
  • ފައިނޭންސް ޑިޕާޓްމެންޓްއާއި ގުޅުންހުރި ލީގަލް ލިޔެކިއުންތައް އަދި ޕްރޮސްޕެކްޓަސް ތައްޔާރުކުރުން.
  • ފައިނޭންޝަލް ރިސްކްސް އަދި ރިޓަރން ޕްރެޑިކްޓް ކުރުން
  • ބިޑް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ލަފާދިނުން.
  • އޮޑިޓް މަސައްކަތް ރާވާ ހިންގުން.
  • ފައިނޭންސް ސެކްޝަންގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ބޭންކުގެ މުޢާމަލާތްތައް މޮނީޓަރކުރުން.
  • ކުންފުނީގެ ފައިނޭންޝަލް ރިޕޯޓުތައް ކަޑައެޅިފައިވާ އުސޫލުގެ މަތިން ތައްޔާރުކުރުން.
  • ކުންފުނީގެ މަހުން މަހަށް ކުރާ ޚަރަދުތައް ބެލެހެއްޓުން.
  • ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ސަރުކާރާއި ބޭންކްތަކާއި  އަދި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ އޮފީހާ ގުޅުން ހުރި މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އެފަރާތްތަކާ އެކު ކުރެވޭ އިންޓަވިއު އޮގަސްޓު 18-27 އާއި ދެމެދު މާލޭގައި ބޭއްވޭނެއެވެ.

އިންޓަވިއުކުރން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ތަޢުލީމީ ސެޓްފިކެޓް
  • އިންޓަވިއުއިން ލިބޭ މާރކްސް

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

08 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 1500:އަށް) ގުޅާނީ، 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

29 ޛުލްޤައިދާ 1440

01 އޮގަސްޓު 2019

01 އޮގަސްޓް 2019
ހޯދާ