ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަތަކުގައިހުރި ރުއްގަސް 2019، 2020 އަދި 2021 ވަނަ އަހަރަށް ވަރުވާއަށް ދޫކުރުން

އިޢުލާން

ހިންނަތަކުގައިހުރި ރުއްގަސް 2019 ، 2020 އަދި 2021 ވަނައަހަރަށް ވަރުވާއަށް ދޫކުރުން

 އެންމެމަތިން ކުލިހުށަހަޅާ ފަރާތަކަށް ތިރީގައި މިދަންނަވާ ތަންތަނުގައިހުރި ރުއްގަސްތައް 03 އަހަރަށް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ އެރުއްގަސްތައް ވަރުވާއަށް ނަގާނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސަރަޙައްދު

ސަރަޙައްދުގެ ތަފްޞީލް

1

މާރަންދޫ މެދުހިންނާގައި ހުރި ރައްޔިތުންގެ 29 ރުއް

2

މާރަންދޫ އުތުރު ހިންނާގައި ހުރި ރައްޔިތުންގެ 52 ރުއް

މާރަންދޫ އިހުކިޔެވެނިންގެ ހިންނަ (ރުއްގަނޑުގައި) ހުރި ރައްޔިތުންގެ 31 ރުއް

އަތިރިމަތީގައި ހުރި ރައްޔިތު 8 ރުއް

ފުޓްބޯޅަދަނޑު ހުޅަނގު ދެކުނު ކަންމަތީގައި ހުރި ރައްޔިތު 1 ރުއް

ފިލިގަސްމަގުގައި ހުރި ރައްޔިތު 1 ބަނބުކެޔޮގަސް

3

މާރަންދޫ ބަންޑާރަ ވަލުގައިހުރި ރައްޔިތުންގެ 6 ރުއް، ބަބުކެޔޮ އަދި ކަށިކެޔޮ

ވީމާ،  2019 ، 2020 އަދި 2021 ވަނައަހަރަށް  ދެންނެވިފައިވާ  ތަންތަން  ވަރުވާއަށް  ނެގުމަށް އެދޭފަރާތްތަކުން 2019 އޯގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 އޯގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ޙާޟިރު ވެދެއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

28 ޛުލްޤަޢިދާ 1440

31 ޖުލައި 2019

31 ޖުލައި 2019
ހޯދާ