ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
T20 ދެވަނަ ޑިވިޝަން 2019

ތާރީހް: 31 ޖުލައި 2019                    ސާރކިއުލަރ                    CBM/2019/07

            ވެދުން ސަލާމްއަށްފަހު ދަންނަވަމެވެ.               

2 ވަނަ ޑިވިޝަން

            މިބޯރޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ  ދެވަނަ ޑިވިޝަންގެ T20 ކުރިކެޓް މުބާރާތް  އޮގަސްޓް 23 ވަނަ ދުވަހު ބާއްވާގޮތަށްވަނީ ނިންމާފައެވެ. ވީމާ ތިރީގައިވާ ފުރަތަމަ ޑިވިޝަންގެ ޓީމްތަށް ފިޔަވާ މިބޯރޑުގައި ރަޖިސްޓަރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުން ނަމަ 8 އޯގަސްޓް 2019 ވަނަ ދުވަހުގެ 13:00ގެ ކުރިން މިބޯރޑަށް ލިއުމަކުން ހުށައަޅާ، 18 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:00ގެ ކުރިން ޓީމް ލިސްޓް ހުށައެޅުން އެދެމެވެ.

ޓީމް ލިސްޓް ހުށައަޅާނީ މިބޯރޑުން ދޫކުރާ ފޯމްގައެވެ. އަދި ފޯމް ފުރުމުގައި، ފޯމްގައި ވާ ހުރިހާ މައުލޫމާތް ފުރިހަމަކުރުމަށްވެސް ދަންނަވަމެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަށް (2018 ޓީ ޓްވެންޓީ ޑިވިޝަން 1)

  1. ސީބީއެލް ސްޕޯރޓްސް
  2. މިލަން ކްރިކެޓް އެކަޑަމީ
  3. ވެސްޓް ސްޕޯރޓްސް ކްލަބް
  4. މާލޭ ސްޕޯރޓްސް ކްލަބް

            އިހްތިރާމްގަބޫލްކުރެށްވުންއެދެމެވެ.

            31 ޖުލައި 2019

31 ޖުލައި 2019
ހޯދާ