މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތް

ޢިއުލާން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރީން ގަވާއިދަށް ފެއްތުމަށްޓަކައި ރެގުލަރައިޒް ކުރުމަށް މި މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮގްރާމަށް ޢާއްމުން ހޭލުންތެރިކުރުމަށް މާރކެޓިންގ ސްޓްރެޓަޖީ ހަދައިދީ މިކަމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އެމްޕްލޮއިމަންޓް އެޕްރޫވަލް ނެތި ނުވަތަ އެމްޕްލޮއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީން ގަވާއިދަށް ފެއްތުމަށްޓަކައި މި މިނިސްޓްރީއިން  ކުރިއަށް ގެންދާ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމަށް ބިދޭސީ މަސައްކަތްތެރީންނާއި، ވިޔަފާރިވެރިންނާއި، ޢާއްމުން ހޭލުންތެރިކުރުމަށް ބޭނުންވާ މާކެޓިންގ ސްޓްރެޓަޖީ އެކުލަވާލާ އެ ސްޓްރެޓަޖީގައި ހިމެނޭ ބައިތަކުގެ ޢަމަލީ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)101-lES/101/2019/7 އިއުލާނަށް ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ މި މސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 އޯގަސްޓް 2019 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު، 1 ވަނަ ފަންގިފިލާއަށް 09:00 އަށް ވަޑައިގެންދެއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

‏28‏ ޛުލްޤަޢިދާ‏ 1440

‏31‏ ޖުލައި‏ 2019

31 ޖުލައި 2019
ހޯދާ