ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އެއްވެސް އުޅަދެއް ރަޖިސްޓަރީ ނުކޮށް ދުއްވާނަމަ ޖޫރިމަނާކުރާނެކަން ހަރު

                         `                            

އިޢުލާނު

             ކަނޑުގައިދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު ނަމްބަރު:2016/R-6 (31 ޖަނަވަރީ 2016 ) ގެ 12 ވަނަ މާއްދާގެ ދަށުން ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީނުކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރު ތަކާއި ފައްތިޔާ ތަކުގައި އަޅައިގެން ބޭނުން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ރަށްރަށުގައި އުޅަނދުފަހަރު އެއްގޮތަކަށްވެސް ރަޖިސްޓްރީ ނުކޮށް ގިނަ ޢަދަދަކަށް އުޅަނދުފަހަރު ދުއްވާ ކަމުގެ ޝަކުވާތައް މޯލްޑިވުސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަމުންދާކަމަށް އެއޮތޯރިޓީން އަންގަވާފައި ވެއެވެ. އަދި ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު ނަމްބަރު:2016/R-6 (31 ޖަނަވަރީ 2016) ގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވިކަން ސާބިތު ވެއްޖެނަމަ އެ އުޅަނދެއްގެ ވެރިފަރާތް -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތަށް ޖޫރިމަނާ ކުރާ ފަރާތްތަކުގެ މަޢުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވުމައްވެސް އޮތޯރިޓީން އަންގަވާފައިވެއެވެ.

             ވީމާ، ރަށުގެ ބަނދަރުގައިވާ ރަޖިސްޓަރީ ނުކޮށް ބޭނުންކުރާ އުޅަނދުފަހަރު ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މޯލްޑިވުސް ޓްރާންސްޕޯޓް އޮތޯރިޓީ އަންގަވާފައިވަތީ ރައްޔިތު ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

30 ޖުލައި 2019
ހޯދާ