ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހދ.ހަނިމާދޫގެ ބެއަރފޫޓް ސަރަޙައްދުގައި ޓްރާންސްފޯމަރ ހަޓެއް އަޅައިދޭމެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ނަންބަރު: FNK-I/IUL/2019/141  

އިޢުލާން

ހދ.ހަނިމާދޫގެ ބެއަރފޫޓް ސަރަޙައްދުގައި ޓްރާންސްފޯމަރ ހަޓެއް އަޅައިދޭމެ ފަރާތެއް ހޯދުމާއި ގުޅޭ:

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ހދ.ހަނިމާދޫގެ ބެއަރފޫޓް ސަރަޙައްދުގެ ޓޮރާންސްފޯމަރ ހަޓް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2019  ވާ އަންގާރަ ދުވަހުގެ 11:00  އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނުވަތަ ހދ.ހަނިމާދޫ ބްރާންޗުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

           27 ޛުލްޤަޢިދާ 1440

             30 ޖުލައި  2019

      

 

 

            

                          

            

                          

30 ޖުލައި 2019
ހޯދާ