ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެދުންތެރިކަމުގެ ޤައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު

                            `                                                       

ދިވެހިރާއްޖޭގެ އުފެދުންތެރިކަމުގެ ޤައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު

          ދިވެހި އުފެންދުންތެރި ކަމުގެ ޤައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާޢަތްތަކަށް ބޭނުންވާ ދިވެހި އުފެންދުންތައް މާކެޓަށްނެރެ، އެފަދަ އުފެންދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ޢާންމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިމައުރަޒު ފެށުމަށް ހަމަޖެހިފައިވަނީ 22 ނޮވެންބަރު 2019 އިން 28 ނޮވެންބަރު 2019 އަށް މާލެ ދަރުބާރުގޭ މާލަމުގައެވެ.

          ވީމާ، މިމައުރަޒުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2019 ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މިމައުރަޒުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓުން www.trade.gov.mv  ލިބެން ހުންނާނެއެވެ.

          މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖުލައި 2019
ހޯދާ