ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ރީ-ރަޖިސްޓްރޭޝަން އަދި ޝަކުވާ ހުށަހަޅާ ފޯމު އީ-މެއިލް މެދުވެރިކޮށް ބަލައިގަތުމާގުޅޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމާއި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އަދި އީ-މެއިލް އިން ފޮނުއްވާ އެޕްލިކޭޝަން ފޯމު ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ހެނދުނު 08:00 އިން 14:00 އާ ދެމެދު 3340830 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.

ވީމާ، ރީ-ރަޖިސްޓަރީ ކުރުމަށާއި ޝަކުވާ ހުށަހެޅުމަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތައް 2019 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 ޛުލްޤައިދާ 1440

30 ޖުލައި 2019
ހޯދާ