ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ލަންދޫ ސިއްހީމަރުކަޒުގެ ޑްރައިވަރ ކަމުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ލަންދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

ޑްރައިވަރު

މަޤާމްގެ ނަންބަރު:

J-253703

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.ލަންދޫޞިއްޙީމަރުކަޒު

މުސާރަ:

-/3470 ރުފިޔާ

ސަރވިސްއެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުނަށް އޯގާތެރިކަމާއެކު އެހީތެރިވުން.
  2. އެމްބިއުލާންސްގައި ކުރެވޭދަތުރުތަކުގެ ރެކޯޑް ފޮތެއްގައިލިޔެ ބެލެހެއްޓުން.
  3. ކޮންމެ ދުވަހަކު އެއްފަހަރު އެމްބިއުލާންސް ދޮވެސާފުކުރުން.
  4. އެމްބިއުލާންސް ދުއްވުމަށްބޭނުންވާ ތެޔޮ އޮފީހުގެ ބަޖެޓްބަލަހައްޓާ ފަރާތާއިގުޅިގެން ހޯދުމަށް މަސައްކަތްކުރުން.
  5. އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ބަލަންޖެހޭ ހުރިހާ ކަންކަމަކަށް ސަމާލުވެރައްކާތެރިވުން.
  6. އެމްބިއުލާންސްއަކީ ތަފާތު އެކިބަލިމީހުން އުފުލާ އުޅަނދެއްކަމުން އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން.
  7. އެމްބިއުލާންސް ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ސްޓްރެޗަރ އަދި ވީލްޗެއަރގައި ބަލިމީހުން އުފުލުން.
  8. ވަޒީފާގެގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތުކަންކަން

އާއްމުންނަށް ހާމަނުކުރުން.

  1. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުން.
  2. ޚާއްސަ ދުވަސްތައް ފާހަގަ ކުރުމުގެގޮތުން މަރުކަޒުގެފަރާތުން ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  3. އެހެންމުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި މަރުކަޒުން އަންގާ ކަންތައްތައްކުރުން.
  4. ރަސްމީގަޑީގައާއި އިތުރު އެހެން ގަޑި ތަކުގައިވެސް މަރުކަޒުން ގުޅައިފިނަމަ ލަސްނުކޮށްއައުން.
  5. ރަށުން ބޭރައްދާނަމަ ވެރިންނަށް އެންގުން.
  6. ޑިއުޓީ ކުރަން ޖެހިއްޖެނަމަ މަރުކަޒުން ހަމަޖައްސާ އުސޫލަކާއި އެއްގޮތަށް ޑިއުޓީ ކުރުން.
  7. މީގެއިތުރުންވެސް ރަސްމީގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތު

 

މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް (މިފޯމް ނ. ލަންދޫޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި،އީ މެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. ލަންދޫޞިއްޙީމަރުކަޒުގެ އޮފީހަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިއުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ2019 އޮގަސްޓް 07 އިން 25 އާއި ދެމެދު ނ. ލަންދޫޞިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037 ނުވަތަ 6560599 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރާނީ [email protected]އަށެވެ.

 

29 ޖުލައި 2019
ހޯދާ