ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2019 މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 2019 ޖުލައި 29 ވާ ހޯމަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ މެންދުރު 02:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މިގޮތުން މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް (ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ ހުށަހެޅުއްވުންތައް ބަލައިގަތުން އޮންނާނީ 2019 ޖުލައި 29 ވާ ހޯމަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޛުލްޤައިދާ 1440

29 ޖުލައި 2019
ހޯދާ