ދިވެހިރާއްޖެ
2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުދިނުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފީމެވެ.
ސުޕީރިއަރ ކޯޓުތަކާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ފަނޑިޔާރުން ވޯޓުލުމަށް މިހާރު ރަޖިސްޓަރީ ކުރެވިފައިވާނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ވޯޓުލުމަށް މިހާރު ރަޖިސްޓަރީ ކުރެވިފައިވާނީ އެ މެޖިސްޓްރޭޓެއްގެ ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ޖުޑީޝަލް ދާއިރާގެ ވެރިކަންކުރާ ރަށުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަނޑިޔާރުން އެކަންޏެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2019 ގެ ރީ-ރަޖިސްޓްރޭޝަން ފޯމު" އިންނެވެ. ފޯމު ބަލައިގަތުން އޮންނާނީ 2019 ޖުލައި 29 ވާ ހޯމަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. މި ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.
މި ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
22 ޛުލްޤައިދާ 1440