މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
30 ޖުލައި 2019 ބައިނަލްއަޤްވާމީ ރަހުމަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މާލެ ވަށާ ބޮޑުތަކުރުފާނުމަގު ބަންދުކުރުމާއި ބެހޭ

އިޢުލާން

2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ޙަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި 30 ޖުލައި 2019 ވަނަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ ވަށާ ބޮޑުތަކުރުފާނުމަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފީމެވެ.                      

                 ވީމާ، 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 ން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ ވަށާ ބޮޑުތަކުރުފާނުމަގުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1-      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2-      އެމްބިއުލެންސް

3-      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

4-      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

5-      އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ ޢިއްލާން ކުރީމެވެ.

      22 ޛުލްގައިދާ    1440

25 ޖުލައި             2019

25 ޖުލައި 2019
ހޯދާ