ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޭޓަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ކޭޓަރކޮށްދޭނެ ފަރާތެއް  ބޭނުންވެއްޖެ

 

  • މި އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން  ސްކޫލް ހޯލުގައި ސެޕްޓެންބަރު 4 އަދި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީޗަރސް ކޮންފަރެންސްގެ ކެއުމާއި ސައި ހަމަޖައްސަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު IUL)451-FP/1/2019/28) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމަތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރީމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.  

 

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ޖުލައި  28 އިން ފެށިގެން އޮގަސްޓް 07 އަށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނުވަތަ ފޯނުންގުޅުއްވައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މި ޕްރޮޖެކްޓު  އާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2019 އޮގަސްޓް 08 ވަނަ ދުވަހުގެ  13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދެމެވެ.
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޮގަސްޓް 13 ވަނަ ދުވަހު 14:00ގައި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެއެވެ.

        ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

 އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3023511

އީ.މެއިލް:   [email protected]

 

             އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511

 ނަމްބަރ ފޯނާއެވެ.

25 ޖުލައި 2019
ހޯދާ