ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 އާގުޅޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުތަކުން ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވައިލެވިފައެވެ.

އިންތިޚާބަށް ކުރިމަތިލާ ފަނޑިޔާރުންގެ ފުރިހަމަވާންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

1-      ދަށުކޯޓެއްގެ ފަނޑިޔާރަކަށްވުން.

2-      ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި 5 (ފަހެއް) އަހަރުގެ ދައުރެއް ފުރިހަމަކޮށްފައި ނުވުން.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، "ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލު" ގެ 12 ވަނަ ނަންބަރުގެ (ރ) ގައި ބުނެފައިވާ "ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު" ގައި ހިމެނޭ މަޢުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އަށެވެ. ފޯމު ބަލައިގަތުން އޮންނާނީ 2019 ޖުލައި 29 ވާ ހޯމަ ދުވަހުން ފެށިގެން 2019 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހު 2:00  އަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ  ވޯޓު ނެގުމަށް ހަމަޖައްސައިފައި ވަނީ، 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައި ވަނީ 2019 އޮގަސްޓް 25 ވާ އާދީއްތަ ދުވަހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ޛުލްޤައިދާ 1440

25 ޖުލައި 2019
ހޯދާ