ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ ޖުޑީޝަލް ހިއުމަން ރިސޯސް މަޤާމުގެ ފުރުސަތު

 

މިކޮމިޝަނުގެ ނަންބަރު (IUL) 195-A-HR/1/2019/08 (08 ޖުލައި 2019) އިޢުލާނު ބާޠިލްކޮށް އެސިސްޓެންޓް ޑިރެކްޓަރ ޖުޑީޝަލް ހިއުމަން ރިސޯސް މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: ނަންބަރު: IUL)195A-HR/1/2019/13

ތާރީޚް: 25 ޖުލައި 2019

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ ޖުޑީޝަލް ހިއުމަން ރިސޯސް

ރޭންކް

އެމް.އެސް 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން ޔުނިޓް

ޖުޑީޝަލް ހިއުމަން ރިސޯސް މެނޭޖްމެންޓް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ  (މަހަކު)

9,641.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

3,000.00 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50)  (މަހަކު)

4,820.50 ރުފިޔާ  

 

ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން)

150.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

އަސާސީ ޝަރުޠު

ޝަރުޠު

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި GS3  ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި GS3  ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓް: މި މަޤާމާ ގުޅޭ ތަޢުލީމީ ދާއިރާ އަދި މަސައްކަތުގެ ތަޖުރިބާގެ ދާއިރާ އަކީ ހިއުމަން ރިސޯސް މެނޭޖްމަންޓެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތިން ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކޮށް  އެކަންކަމާ ގުޅޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
     
  • ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމައި، ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުން ފޮނުވުމުން، ކޮމިޝަނުން ނިންމާފައިވާ ގޮތުގެމަތިން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅު ތަންފީޒުކޮށް އެ މައުލޫމާތު ޖުޑީޝަލް ކޮމްޕްލެއިންޓްސް ސެކްޝަނަށް ފޮނުވުމާއި، ފަނޑިޔާރުގެ ރެކޯޑް ފައިލަށް ލުމާއި އެކަމާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން
     
  • ފަނޑިޔާރުންގެ މާލީ ބަޔާންތައް ގާނޫނުގައިވާގޮތަށް ހުށަހަޅާތޯ ބަލައި ކޮމިޝަނުން ނިންމާ ގޮތުގެމަތިން އަމަލުކުރުން
     
  • ފަނޑިޔާރުންގެ ޕާރފޯމަންސް ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ރެކޯޑްތައް ބެލެހެއްޓުން.
     
  • މަސައްކަތާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާއި އިސްލާޙު ކުރަންޖެހޭ ޤަވާއިދުތައް އިސްލާޙުކުރުމުގައި އެ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުން.
     
  • ފަނޑިޔާރުންގެ ރިޓަޔަރމަންޓް އަދި ޕެންޝަނާބެހޭ ކަންތައްތައް ބެލެހެއްޓުމާ އެކަންކަމާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
     
  • ފަނޑިޔާރުންގެ ވަޒީފާ ކޮމިޓީގެ އެންމެހާ ކަންކަން ކުރުމާއި، ރެކޯޑް ބެލެހެއްޓުމާއި އަދި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
     
  • މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން  ކުރުން.
     
  • މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުުން

 

މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
     
  2. ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
     
  3. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
     
  4. ވަނަވަރުު  (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
     
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)                          ނޯޓް:ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
     
  6. ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްްކްރިޕްޓް ހިމެނޭ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު
     
  7. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަށް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން

 

 

ސުންގަޑި

04 އޯގަސްޓް 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ތީމުގެ އާބުރުޒުހިނގުން) ހުށަހެޅުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދެވޭނެއެވެ. މި އިމްތިހާނަށް ކަނޑައަޅާފައިވާ މާކުސްގެ ½ މާކުސްް ލިބޭ ފަރާތްތައް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
     
  4. އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންްމުކުރެވޭނެއެވެ.
  5. ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ.
     
  6. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
     
  7. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
     
  8. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
25 ޖުލައި 2019
ހޯދާ