ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މެޝިނަރީޒް ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުންވާ މެޝިނަރީޒްތައް ހޯދުމަށް ކުރެވުނު ނަންބަރު 198F/2019/54 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ޑިޕާޓްމަންޓްގެ ސްޕެސިފިކޭޝަންއާ ދިމާ ނުވާތީއާއި ހުށަހަޅަންޖެހޭ ބައެއް ޑޮކިއުމަންޓްސް ހުށަހަޅާފައި ނުވާތީ ތިރީގައި ދެންނެވިފައިވާ ތަކެތި ގަންނަން އަލުން އިޢުލާނު ކުރަމެވެ.

  • 143 ކޮންޕިއުޓަރ ސިސްޓަމް
  • 143 މައިކް (އެކްސްޓާނަލް)
  • 143 ކޮންފަރެންސް ކެމެރާ
  • 98 ވޮއިސް ޓްރާންސްފޯމާރ

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 29 ވާ ހޯމަ ދުވަހުގެ 13:15 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޤަޢިދާ 1440

24 ޖުލައި 2019
ހޯދާ