ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
މިމަދަރުސާއިން ދޭ ނަމޫނާއާ އެއްގޮތަށް ޖާރޒީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 30 ޖުލައި 2019 1142 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

            މިމަދަރުސާގެ ދަރިވަރުން އިންޓަރހައުސް މުބާރާތްތަކުގައި ބޭނުންކުރުމަށްޓަކައި މިމަދަރުސާއިން ދޭ ނަމޫނާއާ އެއްގޮތަށް ޖާރޒީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެެއެވެ.

            ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

29 ޖުލައި 2019

11.00

އަންދާސީ ހިސާބު ހުށައެޅުން

04   އޯގަސްޓް 2019

11.00

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއް އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަަމަ،ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު  (ޤާނޫން ނަންބަރ:2014/18 ) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫނު ނަންބަރ:2014/19 )ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8.00 އިން 13.00 އަށް 7952915 ނަންބަރު ފޯނާއެވެ.

 

            21 ޛުލްގާއިދާ 1440 

24 ޖުލައި 2019
ހޯދާ