މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް:

 ކޮންޓްރެކްޓް (1 އަހަރު ދުވަހުގެ މުއްދަތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޮޕަރޭޝަންސް ޑިޕާރޓްމަންޓް / ހެޑް އޮފީސް

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،500.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާ، މުސާރައިގެ %20. ޑިގްރީ، މުސާރައިގެ %40

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

  • އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކޮށް ގާނޫނާއި ގަވާޢިދާއި އެއްގޮތަށް އެތަކެތީގެ ކަންޑިޝަންތައް ބެލެހެއްޓައި، ކުރަންޖެހޭ ރިޕެއަރތައް ކުރުވައި، ސެޓްފިކެޓްތައް އައުކޮށް ބެލެހެއްޓުން.
  • ބޯޓްފަހަރު ޑޮކްކުރުމަށް ބޭނުންވާ ޝެޑިއުލްއާއި ޕްލޭންތައް މެނޭޖްމެންްޓަށް ހުށަހެޅުން.
  • މެނޭޖްމެންޓުގެ ލަފަޔާއެކު ޑޮކްކުރުމަށް ނިންމަވާ ބޯޓްފަހަރުގެ މަސައްކަތް ސެންޓަރުތަކުގެ އިންޖީނިއަރިން ޑިޕާޓްމެންޓާއި ގުޅިގެންކުރުވުން.
  • ސެންޓަރުތަކާއި، އައިސްޕްލާންޓްތަކާއި އަދި ބޯޓުފަހަރުގެ ކަންޑިޝަން ރިޕޯޓްތައް ބަލައި، މެއިންޓެނަންސް ބަލަހައްޓާތޯ ޗެކްކުރުން.
  • ސައިޓްތަކާއި އުޅަނދުފަހަރުގެ ތެޔޮޚަރަދުވާ މިންވަރު، ޑޭޓާއެނަލައިޒްކޮށް ބަލައި ނުރަނގަޅުކޮށް ކަމެއްދާކަމަށް ފާހަނގަވާނަމަ އަޅަންޖެހޭ ފިޔަވަޅުއެޅުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން، އެގޮތުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބޯޓުފަހަރުގައި މަސައްކަތްކޮށް އެކަމުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ބ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ޅ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-   ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

-  ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

24 ޖުލައި 2019

24 ޖުލައި 2019
ހޯދާ