މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ ލ.އަތޮޅު އަދި ށ. އަތޮޅުގެ ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތިރީގައިމިވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

       މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ ލ.އަތޮޅު އަދި ށ. އަތޮޅުގެ ހޮސްޕިޓަލް އަދި  ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތިރީގައިމިވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- ބީޕީ އެޕަރައިޓަސް

- ސްޓެތަސްކޯޕް

- ޕަލްސް އޮކްސިމީޓަރ

- ވައިޓަލްސައިން މޮނީޓަރ

- އިންފްރާރެޑް ތަރމޯމީޓަރ

- ފީޓަލް ޑޮޕްލަރ

- ޑިޖިޓަލް ވެއިންގ މެޝިން އަދި މެޑިކަލް އިންސްޓްރޫމަންޓް

       މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  29 ޖުލައި  2019 ވާ ހޯމަ ދުވަހުން ފެށިގެން 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން މިމިނިސްޓްރީގެ ކައުންޓަރ އިން ލިބިވަޑައިގަންނަވާނެއެވެ. އަދި 05 އޮގަސްޓް 2019 ވާ ދުވަހު ހޯމަ ދުވަހު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 05 އޮަގަސްޓް  2019 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ޛުލް ޤައިދާ 1440

23 ޖުލައި 2019
ހޯދާ