މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ޑިރެކްޓަރ 

ސެކްޝަން/ޑިވިޜަން:

އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން.
  • ތަމްރީނާއި ތައުލީމް ދިނުމުގެ ދާއިރާގެ 10 އަހަރު ދުވަހުގެ ތަޖްރިބާ ހުރުމާއެކު 03 އަހަރު ދުވަހު މި ދާއިރާގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގެ ތަޖްރިބާ ހުރުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި ފައިނޭންޝަލް ސެކްޓަރއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށާއި ކަރިކިއުލަމް ޑިވެޕޮލް ކުރުމާއި ގުޅޭ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު  މަސައްކަތްތައް:

  • އެމްއެމްއޭއާއި ފައިނޭންޝަލް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މި ދާއިރާގެ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް، ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް އެކުލަވާލާ ތަރައްޤީކޮށް އެފަދަ ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ރާވާ ހިންގާ ބެލެހެއްޓުން.
  • އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އިންސްޓިޓިއުޓްގެ މަސައްކަތްތައް އިތުރަށް ތަަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

28,000.00 – 35,000.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ނުވަތަ ސީމާގެ ސްޓެރެޓެޖިކް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ވަޒީފާއަށް މީހަކު ހޮވުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށާއި އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އެކައުންޓިން އަދި އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އިންޓަރނަލް އޮޑިޓް އެންގޭޖްމެންޓްތައް ހެދުމާއި މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުން ބޭނުންވާ ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިން އެންޑް ޑެވެލޮޕްމަންޓް ސެކްޝަން/ ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓްގެ ދައިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  • ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ ނުވަތަ ޕޭމަންޓް ސިސްޓަމްސްގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޭމަންޓް ސިސްޓަމްސް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ އެޕްލިކޭޝަންސްތައް އިވެލުއޭޓްކޮށް އެފަދަ ފަރާތްތަކަށް ލައިސަންސް ދިނުމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން.
  • ނެޝަނަލް ޕޭމަންޓް ސިސްޓަމްސް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާތައްކުރުމާއި އެކަމާއި ގުޅޭ ރެކޮމެންޑޭޝަންތައް ތައްޔާރު ކުރުމާއި ހުށަހެޅުމާއި މި ސިސްޓަމްސް ތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ކަންކަމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން/ ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓްގެ ދައިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  • ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ ނުވަތަ ޕޭމަންޓް ސިސްޓަމްސްގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޭމަންޓް ސިސްޓަމްސްތަކާއި ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓްކުރާ ފަރާތްތައް ސުޕަވައިޒުކުރުން
  • ޕޭމަންޓް ސިސްޓަމްސް ތަކާ ގުޅޭ ތަފާސް ހިސާބުތައް އެނަލައިޒްކޮށް ބެލެހެއްޓުން
  • ނެޝަނަލް ޕޭމަންޓް ސިސްޓަމްސް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާތައްކުރުމާއި އެކަމާއި ގުޅޭ ރެކޮމެންޑޭޝަންތައް ތައްޔާރު ކުރުމާއި ހުށަހެޅުމާއި މި ސިސްޓަމްސް ތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ކަންކަމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ޑިގްރީ ލެވެލްގެ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއް ނަމަ ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

04  އޮގަސްޓް 2019 ވަނަ ދުވަހުގެ 12:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެލައިޒްޑް ފާހަކަށެވެ.

23 ޖުލައި 2019
ހޯދާ