މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަކީ، ދިވެހި ހުނަރުވެރި މަސައްކަތްތެރިންގެ އުފެއްދުންތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް، ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުޞަތު ދިވެހި އުފެއްދުންތެރިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީން ކުރިޔަށްގެންދާ މައުރަޒެކެވެ.

 

މި މައުރަޒުގެ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެއާއި ދަރުބާރުގޭގެ ވަށައިގެންވާ ސަރަޙައްދު ހިމެނޭގޮތަށް، ކަލާފާނު ސްކޫލުގެ ހޯލު އަދި ކުޑަކުދިންގެ ބަގީޗާ ހިމެނޭހެން ޓްރެފިކަށް ބުރޫ ނާރާނެ ގޮތްތައް ބަލައިގެންނެވެ.

 

މިމައުރަޒުގެ ކޮންސެޕްޓް ޑިސައިންގ ކޮށްދޭނެފަރާތެއް ހޯދުމަށް އާންމުކޮށް އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުންއެދެމެވެ.

މިއުލާންއާއިއެކު، މި ބިޑްގެ ތަފްސީލް ހިމެނޭ ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.

23 ޖުލައި 2019
ހޯދާ