މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދުފަހަރު އެހެލާ ބާލާ ސަރަޙައްދު ކަނޑައެޅުން

އިޢުލާން

އުޅަނދުފަހަރު އެހެލާ ބާލާ ސަރަހައްދު ކަނޑައެޅުން

     ރަށުގެ ރައްޔިތުންނާއި އެކިފަރާތްތަކުން ހިންމަފުއްޓަށް އެހެލާ ބާލާ އުޅަނދުފަހަރު އެހެލާ ބޭލުމަށްޓަކައި މި ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަށް ތިރީގައި މިދަންނަވަނީއެވެ.

  1. އުތުރު ފަރާތު އޮޑި ހަރުގެއާއި ދިމާ ސަރަހައްދު.
  2. ބޯޓް ޔާޑްގެ ދެކުނުން ފެށިގެން ނަރުދަމާ ސައިޓާ ހަމައަށް އޮތް ސަރަހައްދު.

    މި ދެސަރަހައްދު ފިޔަވައި، ރަށުގެ އެހެން އެއްވެސް ދިމާލަކަށް އެއްވެސް އުޅަނދެއް (ދޯނި،ބޮއްކުރާ، ޑިންގީ، ބޯޓް، ލޯންޗު) އެހެލާ ބޭލުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި ހުއްދަ ދެވިފައިވާ ސަރަހައްދުތަކަށް ވެސް އުޅަނދުފަހަރު އެހެލާ ބޭލޭނީ މި ކައުންސިލަށް ހުށަހަޅާ ހުއްދަ ލިބިގެން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

    އަދި އިސްވެދެންނެވުނު ދެސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ކައުންސިލުގެ ހުއްދަނެތި އެހެލާފައިވާ އެންމެހައި އުޅަނދުތަށް މިއަދުން ފެށިގެން 15 ދުވަސްތެރޭގައި ނެގުމަށް އަންގަމެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

           20 ޛުލްޤައިދާ 1440     

            23 ޖުލައި 2019

23 ޖުލައި 2019
ހޯދާ