ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4,465/-(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯރޓިންގކޯ އެލަވަންސް.

މަހަކު 700/- (ހަތްސަތޭކަ ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-    މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

4-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

5-   ޖީ ސީ އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން ދިވެހި، މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. މައިކްރޯ ސޮފްޓް އޮފީސް އެކްސެލް ވޯރޑް ބޭނުންކޮށްގެން ފަރިތަކަމާއެކު މަސައްކަތްކުރުމުގެ ހުނަރު.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު ޓައިޕްކުރުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް ޗެކްކޮށް ސަލާމް، ޗުއްޓީ ނޯޓްކޮށް އެޓެންޑެންސް ސިސްޓަމްއިން އެ ދުވަހެއްގެ ހާޟިރީ ޕްރިންޓްކޮށް، މުވައްޒަފުން ބޭރަށް ދުރުވާ ވަގުތު ރެކޯޑް ޝީޓު ފުރިހަމަކޮށް ޒިންމާދާރުވެރިޔާ ހުއްދަދެއްވި ކަމުގެ ސޮއި ހޯދައި ފައިލްކުރުން.
  2. މުވައްޒަފުންގެ ހާޟިރީ ރިޕޯޓް، އިތުރުގަޑީގެ ރިޕޯޓް، ގަޑީލާރީގެ ރިޕޯޓް، ރިސްކް ރިޕޯޓް، ހާޑްޝިޕް ރިޕޯޓް، ތައްޔާރުކޮށް ކޮންމެ މަހެއްގެ 18 ވަނަ ދުވަހުގެ ކުރިން ބަޖެޓް ޔުނިޓާއި ޙަވާލުކުރުން.
  3. ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޗުއްޓީ ކަލަންޑަރ ޒިންމާދާރުވެރިޔާ އަދި ޔުނިޓް ހެޑުންގެ މަޝްވަރާޔާއެކު ތައްޔާރުކޮށް މުވައްޒަފުންގެ ނޯޓިސްބޯޑުގައި އާއްމުކުރުން.
  4. މުވައްޒަފަކު ޗުއްޓީއަށް އެދި ހުށަހެޅުމުން ޗުއްޓީ ކަލަންޑަރާއެއްގޮތަށް ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ޗުއްޓީ ޗިޓްތައްޔާރުކޮށް ޗުއްޓީ ބާކީގައި އަޕްޑޭޓްކުރުން.
  5. މުވައްޒަފުންނާއި ގުޅިގެން ހުށަހެޅޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރުކުރުން.
  6. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްކުރުން.   އެގޮތުން މުވައްޒަފުންގެ މަސްދުވަހުގެ މަސައްކަތު ފެންވަރު ބަލާ ޝީޓު ސުޕަރަވައިޒަރުންގެ އަތުން ހޯދައި، އަހަރީ ފޯމު ތައްޔާރުކުރުން.
  7. މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  8. ކައުންސިލަރުންނާއި ވެރިންގެ ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި އެއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ޔުނިޓްތަކުގެ ސްޕަވައިޒަރުންނާއި ޒިންމާދާރު ވެރިންގެ ލަފަޔާއެކު ޓްރެއިނިންގ ރިކުޔަރމަންޓް ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނުވަމުންދާ ގޮތުގެ ރެކޯޑްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށް ޒިންމާދާރުވެރިޔާގެ އިރުޝާދު ހޯދައިގެން މަސައްކަތްކުރުން.
  10. ކައުންސިލް އިދާރާގެ މުވައްޒަފަކު ޗުއްޓީ ނެންގެވުމުން އެ މުވައްޒަފެއްގެ މަސައްކަތް ޙަވާލުކޮށްފިނަމަ ވަޒީފާ ބަޔާނުގައި ހުންނަ މަސައްކަތްތައް ކުރުން. އަދި މުވައްޒަފަކު ޗުއްޓީ ނެގުމަށްޓަކައި އެ މުވައްޒަފުގެ މަސައްކަތް ޙަވާލުކުރާ މުވައްޒަފާއި ލިޔުމުން (ޗުއްޓީއަށް ދުރުވާ މުވައްޒަފުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތަކާއި ކުރިޔަށް ހުރި މުހިއްމު ކަންކަމުގެ ތަފްސީލް ލިޔުމުން ހޯދައި) މަސައްކަތް ޙަވާލުކުރުން.
  11. ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކައުންސިލް އިދާރާ ހުޅުވާ/ލެއްޕުމާއި ، އޮފީސް ހުޅުވާ ލެއްޕުމަށް މުވައްޒަފުން ހަމަޖައްސާ ގޮތުގެ ތާވާލް ކޮންމެ މަހަކު އެއްފަހަރު އެކުލަވާލައި، މުވައްޒަފުންނަށް އެ މަސްއޫލިއްޔަތު ލިޔުމުން ޙަވާލުކުރުމާއި ތާވަލް މުވައްޒަފުންގެ ނޯޓިސް ބޯޑުގައި ބެހެއްޓުން.
  12. ކައުންސިލްގެ ރަސްމީ ދަތުރުތަކުގައި ބައިވެރިވުން. އަދި މުވައްޒަފުންނަށް މަޢްލޫމާތު ލިބިދެވޭނޭ ދަތުރުތަކާއި މުވައްޒަފުން ހިތްހަމަޖެއްސުމުގެ ގޮތުން އެކިއެކި ޙަރަކާތްތައް ރާވާ ހިންގުން.
 
 
 
 
 
 
 
 
 
 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

04 އޯގަސްޓް ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

22 ޖުލައި 2019
ހޯދާ