ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފުތަރާއި ބެހޭ

ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިދޭސީންގެ ދަފުތަރު މިހާރުވާނީ މި ކައުންސިލްގައި ޤާއިމުކޮށްފައެވެ. ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދު ވަނީ 26 މެއި 2011 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވިފައެވެ.

ވީމާ ލޭބަރ ރިލޭޝަން އޮތޯރިޓީން ހަމަޖައްސާފައިވާ ގޮތުގެމަތިން ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ބިދޭސީންނާއި ޙަވާލުވެފައިވާ ފަރާތްތަކުން މި ކައުންސިލަށް ދެއްވައި 31 އޯގަސްޓް 2019 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރެއްވުމަށް އަންގާ ޢިއުލާން ކުރަމެވެ. ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ތެރެއިން މި އިދާރާއަށް ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދެއްވާ ފަރާތްތަކާއިމެދު ޤާނޫން ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް ދޫކުރާ ލިޔުންތައް ދޫނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

މިހާރު ކުޅުދުއްފުށީގައި އުޅޭ ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންވެސް 31 އޯގަސްޓް 2019 ގެ ކުރިން ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އަންގަމެވެ.

ބިދޭސީން ދަފުތަރުގައި ހިމެނުމަށް އެދޭފޯމް ކައުންސިލް އިދާރާއިން އަދި ކައުންސިލްގެ ވެބްސައިޓް www. kulhudhuffushicouncil.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:00 އަށް ކަމުގައި ދަންނަވަމެވެ.

23 ޖުލައި 2019
ހޯދާ