ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ނީލަން ކިއުމާ ގުޅޭ.

 ތިރީގައި ދެންނެވިފައިވާ ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބައުވެ ހަލާކުވެފައިވާ މުދާ، ދަޢުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިއުމާއި ނައްތައިލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް އާންމުކޮށް ޢިއުލާން ކުރަމެވެ.

 ވީމާ، ސަރުކާރުގެ އެއްވެސް އިދާރާއަކުން އެތަކެތި ބަލަން ބޭނުންވެއްޖެ ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް 10:00 އާއި 13:30 އާ ދެމެދުގެ ވަގުތެއްގައި ވަޑައިގެން ބެއްލެވުމަށްފަހު ބޭނުންވާ ތަކެތި 07 ދުވަސް ތެރޭ ނޯޓް ކުރެއްވުން އެދެމެވެ.

 

އަތޮޅު

ކޯޓު

ތަކެތި

ހއ

ތުރާކުނު މެޖިސްޓްރޭޓް ކޯޓު

މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު

ހދ

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު

ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު

ނ

ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު

ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު

ބ

ކަމަދޫ މެޖިސްޓްރޭޓް ކޯޓު

މެޝިނަރީޒް

މ

މުލީ މެޖިސްޓްރޭޓް ކޯޓު

ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު

ގދ

ތިނަދޫ މެޖިސްޓްރޭޓް ކޯޓު

ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު

23 ޖުލައި 2019
ހޯދާ