ދިވެހިރާއްޖެ
ތިރީގައި ދެންނެވިފައިވާ ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބައުވެ ހަލާކުވެފައިވާ މުދާ، ދަޢުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިއުމާއި ނައްތައިލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް އާންމުކޮށް ޢިއުލާން ކުރަމެވެ.
ވީމާ، ސަރުކާރުގެ އެއްވެސް އިދާރާއަކުން އެތަކެތި ބަލަން ބޭނުންވެއްޖެ ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް 10:00 އާއި 13:30 އާ ދެމެދުގެ ވަގުތެއްގައި ވަޑައިގެން ބެއްލެވުމަށްފަހު ބޭނުންވާ ތަކެތި 07 ދުވަސް ތެރޭ ނޯޓް ކުރެއްވުން އެދެމެވެ.
އަތޮޅު |
ކޯޓު |
ތަކެތި |
ހއ |
ތުރާކުނު މެޖިސްޓްރޭޓް ކޯޓު |
މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
ހދ |
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
ނ |
ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
ބ |
ކަމަދޫ މެޖިސްޓްރޭޓް ކޯޓު |
މެޝިނަރީޒް |
މ |
މުލީ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
ގދ |
ތިނަދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |