އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމާބެހޭ

 މި ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ  ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 ޖުލައި  22 އިން 2019 ޖުލައި 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮގަސްޓް 4 ވާ އާދިއްތަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  5. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096 7

އީ-މެއިލް: [email protected]

‏18‏ ޛުލްޤަޢިދާ‏ 1440

21 ޖުލައި 2019
ހޯދާ