މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަން ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

އިޢުލާން

މި މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަން ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

މި މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަން ހިންގުމަށް އެކަށީގެންވާ އިމާރާތެއް ކުއްޔަށް ހިފުމަށް 11 ޖުލައި 2019 ގައި ކުރެވުނު އިޢުލާން ނަންބަރު  (IUL)101-AF/1/2019/234 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

 

މި މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަން ހިންގުމަށް، އެކަށީގެންވާ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ

 

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުށްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މި މިނިސްޓްރީ (ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް) އަށެވެ.

 

އަދި، މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ޝާއިއުކުރެވިފައިވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3323668/1691 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

 

22 ޖުލައި 2019
ހޯދާ