ސިވިލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސިވިލް ކޯޓު

މާލެ،

ދިވެހިރާއްޖެ.                                                ނަންބަރު:144-A/2019/788            

 

 

އިޢުލާން

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ރަށުކޯޓުތަކާބެހޭ ސެކްޝަން، ސިވިލް ކޯޓު/މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު،GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
  • ސެކްޝަނަށް އަންނަ ލިޔުންތައް އެންޓްރީކުރުން.
    • މެޖިސްޓްރޭޓް ކޯޓުތަކުން ސެކްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުން.
    • މެޖިސްޓްރޭޓް ކޯޓުން ދަރަނި ރެކޯޑު ސާފުކުރުމަށް ފޮނުވާ ފަރާތްތަކުގެ ދަރަނި ރެކޯޑު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
    • މެޖިސްޓްރޭޓް ކޯޓުތަކުން އިޢުލާނުކުރުމަށް އަންނަ މެސެޖް، (ވާރިޘް، ދަރަނި/ވަޞިއްޔަތް، ތަންތަނާއި ތަކެތީގެ މިލްކުވެރިކަން، މައްސަލަތަކާއި ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމަށް) އިޢުލާނުކުރުން.
    • ބަޔާން ނެގުމުގެ ދުވަހު ތާވަލު ތައްޔާރުކޮށް ވެބްސައިޓަށްލުމަށް ކަމާބެހޭ ފޯލްޑަރއަށްލުން.
    • މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މާލެ އާއި މާލެ ކައިރި ރިސޯޓްތަކުގައި ތިއްބަވާ ފަރާތްތަކުގެ ބަޔާން ނެގުމަށާއި އެފަރާތްތަކަށް އަންގަންޖެހޭ އެކިއެކި އެންގުންތައް އެންގުމަށްޓަކައި ކޯޓަށް ޙާޟިރުކުރުމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަށް ފޮނުވުން.
    • ބަޔާންނެގޭ ފަރާތްތަކުގެ ބަޔާން ޓައިޕްކުރުމާއި ބަޔާނުގައި ސޮއިކުރުވުމާއި އަންގާ އެންގުންތައް އެފަރާތްތަކާއި ޙަވާލުކުރުން.
    • މެޖިސްޓްރޭޓް ކޯޓުތަކުން އަންގާ އެކިއެކި އެންގުންތައް އެފަރާތްތަކަށް އެންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. (އަންގާ އެންގުންތައް، ކޯޓު އަމުރު، ލިޔުން ޙަވާލުކުރުން).
    • މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެކިއެކި ކަންކަމުގައި މިކޯޓަށް ޙާޟިރުކެރެވޭ ފަރާތްތައް ކޯޓު ރޫމަށް ވެއްދުމާއި، ކޯޓު ރޫމް ބެލެހެއްޓުން.
    • މެސެޖްތަކަށް އިދާރީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުއަޅައި ނިމުމުން އެކަން މެޖިސްޓްރޭޓް ކޯޓުތަކަށް އެންގުން. (ޖަވާބު ލިޔެ ފެކްސް/އީމެއިލް ކުރުން)
    • ދުވަހު ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. (ސެކްޝަންގެ ރެކޯޑު ބެލެހެއްޓުން)
    • ކޯޓުގެ ތަފާސްހިސާބަށް ސެކްޝަނުން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކަމާބެހޭ ސެކްޝަނަށް ފޮނުވުން.
    • ސެކްޝަންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

 

  • ·       ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

 

ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2019 ޖުލައި 29 ވާ ހޯމަ ދުވަހުގެ 13:45ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
  • މިއިޢުލާނާއި ގުޅޭ ފޯމުތައް ބަލައިގަންނާނީ ސިވިލް ކޯޓުގެ ކައުންޓަރުންނެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
22 ޖުލައި 2019
ހޯދާ