ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޢިމާރާތުގެ މަރާމާތު މަސައްކަތާއިގުޅޭ

މިރަށު ޕްރީސްކޫލް ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2019ވާ ބުދަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 28 ޖުލައި 2019ވާ  އާދިއްތަ  ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                18 ޛުލްޤައިދާ 1440

                21 ޖުލައި 2019              

21 ޖުލައި 2019
ހޯދާ