ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ. މާލެ އަދި ޅ. ނައިފަރުން ގުދަނެއް ކުއްޔަށް ހިފަންބޭނުންވެއްޖެ.

  60-ADM/2019/137

އިޢުލާނަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

ކ. މާލެ އަދި ޅ. ނައިފަރުން ގުދަނެއް ކުއްޔަށް ހިފަންބޭނުންވެއްޖެ.

މާލެއިން ބޭނުންވާ ގުދަނުގެ ޝަރުތުތައް:

  • ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެއް  / ގްރައުންޑްފުލޯ
  • 4000 އަކަފޫޓާއި 5000 އަކަފޫޓު
  • މުދާ ލޯޑުކޮށް އަންލޯޑުކުރުމަށް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ތަނެއް
  • ކުލި 35000ރ އާއި 50000ރ އާއި ދެމެދު
  • ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް: 01 އޮގަސްޓް 2019 އިން 06 (ހައެއް) މަސްދުވަހުގެ ނިޔަލަށް

ޅ. ނައިފަރުން ބޭނުންވާ ގުދަނުގެ ވަނަވަރު

  • ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެއް  / ގްރައުންޑްފުލޯ
  • ބޮޑުމިން  100 އަކަފޫޓު
  • ހޮސްޕިޓަލާއި ކައިރިން މުދާ ލޯޑުކޮށް އަންލޯޑުކުރުމަށް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ތަނެއް
  • ކުލި 1000.00ރ  އާއި 2000.00ރ އާއި ދެމެދު
  • ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް: 01 އޮގަސްޓް 2019 އިން 03 (ތިނެއް) އަހަރުދުވަހުގެ ނިޔަލަށް

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ  އާއިއެކު އެސްޓީއޯ ހެޑްއޮފީސް ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށްފަހު އެސްޓީއޯއިން ޚިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހެދި ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.   

21 ޖުލައި 2019

 

 

21 ޖުލައި 2019
ހޯދާ