ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

01 އޯގަސްޓް 2019 އިން 03 އޯގަސްޓް 2019 ގެ ނިޔަލަށް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019' ގައި ބައިވެރިވުމަށް ކުދި އަދި މެދު ފަންތީގެ ވިފަރާރިތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި ފުރުޞަތަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ޓައިޓެން މޯލްޑިވްސް އާއި އެކު ހެދިފައިވާ ޕާޓްނަރޝިޕެއްގެ ދަށުން ހުޅުވައިލެވޭ ފުރުޞަތެކެވެ. މި އެކްސްޕޯގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި މި އެކްސްޕޯ އިންތިޒާމްކުރާ ފަރާތަށް -/2000 ރުފިޔާ ދައްކަންޖެހެއެވެ. މިއެކްސްޕޯގައި ބައިވެރިވުމަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 10 ފަރާތަކަށް ކަމަށްވުމާއި އެކު ރަޖިސްޓަރ ކުރާ ތަރުތީބުން މިފުރުޞަތު ދެވިގެންދާނެ ވާހަކަ ދަންނަވަމެވެ. ބައިވެރިވާ ފަރާތްތަކަށް ލިބޭ ފުރުޞަތުތަކުގެ ތެރޭގައި:

  •   އުފެއްދުންތައް ޑިސްޕްލޭ ކުރުމަށާއި، މާކެޓްކުރުމަށާއި އަދި ވިއްކުމަށް ތައްޔާރުކުރެވިފައިވާ 4x6 ގެ ބޫތެއް ލިބިގެންދާނެ.
  •   ބައިވެރިވާ 5 ވިޔަފާރިއަކުން (ރަޖިސްޓަރީ ކުރާ ތަރުތީބުން) ކޮންމެވެސް އެއްބޭފުޅަކަށް އެކްސްޕޯގެ މުއްދަތުގައި އެކޮމޮޑޭޝަންގެ ގޮތުގައި ޑަބަލް ރޫމެއް -/300 ރުފިޔާގެ ރޭޓުން ނުވަތަ ސިންގަލް ރޫމެއް -/200 ރުފިޔާގެ ރޭޓުން ހަމަޖެހިގެންދާނެ. އަދި އިތުރު 5 ޑަބަލް ރޫމް -/400 ރުފިޔާގެ ރޭޓުން އެކްސްޕޯގެ މުއްދަތުގައި ހުރުމަށް ހަމަޖެހިގެންދާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ދަތުރުފަތުރު ކުރުމާއި ކެއުން އަދި ހުރުމުގެ ޙަރަދު ބައިވެރިވާ ފަރާތުން ބަލަހައްޓަންވާނެއެވެ.

 އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 21 ޖުލައި 2019 އިން ފެށިގެން 25 ޖުލައި 2019 ގެ 14:00ގެ ނިޔަލަށް، ސަކީނާ މަންޒިލް، 3ވަނަ ފަންގިފިލާގައި ހުންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮފީހުންނާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންނެވެ. އަދި info@bcn.mv އަށް އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ.

  •  ބިޒްނަސް ސެންޓަރ ކުޅުދުއްފުށި: 7917089
  •  ބިޒްނަސް ސެންޓަރ ކުޑަހުވަދޫ: 7918495
  •  ބިޒްނަސް ސެންޓަރ ނައިފަރު: 7918432
  •  ބިޒްނަސް ސެންޓަރ ގަން: 7914431
  •  ބިޒްނަސް ސެންޓަރ ތިނަދޫ: 7913715
  •  ބިޒްނަސް ސެންޓަރ ހިތަދޫ: 7916947

 

އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމު މިކޯޕަރޭޝަންގެ އޮފީހުންނާއި ބިޒްނަސް ސެންޓަރުތަކުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، މި އޮފީހުގެ ނަންބަރު 3013812 ނުވަތަ ބިޒްނަސް ސެންޓަރ ހިތަދޫގެ ހޮޓްލައިން 7916947 އާއި ގުޅުއްވައި ނުވަތަ info@bcn.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

21 ޖުލައި 2019

21 ޖުލައި 2019
ހޯދާ