އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ހެދުމާއި ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ހެދުމާއި، އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުމަށް މަސައްކަތަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)426-AB/426/2019/190 އިޢުލާނަށް ބިޑް ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެފަރާތަކުން ކަމަށް ވާތީ، އަލުން މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ޖުލައި 21 އިން 23 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. އީމެއިލްގެ ޒަރީއާއިން ބިޑްގަތުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ planning@adducity.gov.mv އަށް މެއިލް ކުރައްވާ ނަން ނޯޓުކުރެއްވުމުން އެ ފަރާތްތަކަށް މިއިދާރާގެ ބޭންކް އެކައުންޓްގެ މަޢުލޫމާތު މެއިލްއިން ހިއްސާކުރެވޭނެއެވެ. އަދި މި އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށް މިމަސައްކަތަށް ބޭނުންވާ ބިޑް ޑޮކިއުމަންޓް މެއިލުން ފޮނުވާދެވޭނެއެވެ.

ބިޑް ބަލައިގަތުން އޮންނާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ.

------------------------------------

15 ޛުލަޤައިދާ 1440

18 ޖުލައި 2019
ހޯދާ