މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 22 ޖުލައި 2019 13:54 ގައި ބާތިލް ކުރެވިފައެވެ.


ކޮންސަލްޓަންޓް

 

"ސޮފްޓްވެއަރ ޑެވެލޮޕަރ" ފުރުސަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ބޭނުންވާ އަދަދު: 2

މަތީގައި ދެންނެވިފައިވާ ކޮންސަލްޓަންސީއާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ. ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Software Developer“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ   [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 ޖުލައި 2019
ހޯދާ