ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
33ވަނަ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުން ހޯދުން

އިޢުލާން

 

33ވަނަ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުން ހޯދުން

 

މިއަހަރު ސެޕްޓެންބަރު 1 ން 7 ށް މާލޭގައި ބާއްވާ ޤުރްއާން ކިޔެވުމުގެގައުމީ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިރީގައި މިދަންނަވާ ޝަރުޠު ފުރިހަމަވާ 6 ފަނޑިޔާރުން (ފޮތުން ކިޔެވުމުގެ ގޮތްޕަށް 3 އަދި ހިތުން ކިޔެވުމުގެ ގޮތްޕަށް 3) ހޯދަން ބޭނުންވެއެވެ.  

މުބާރާތުގެ ފަނޑިޔާރުންގެ ޝަރުޠު

1-    ދިވެހި ރައްޔިތެއްކަމުގައި ވުން.

2-    ޤިރާއަތުގެ ދާއިރާއިން ދަށްވެގެން ލެވެލް 7ގެ ސެޓްފިކެޓެއް ލިބިފައިވާ މީހެއް ކަމުގައިވުން.

3-    ޢުމުރުން 25 އަހަރު ފުރި 70 އަހަރު ނުފުރޭ މީހެއްކަމުގައިވުން.  

4-    ތަޖްވީދާއެކު ތަޙްޤީޤުކޮށް ޤުރްއާން ކިޔެވުމުގެ ފަންނުވެރިއަކު ކަމުގައި ވުން.

5-    ގައުމީ ފެންވަރެއްގެ ޤުރްއާން މުބާރާތެއްގައި މަދުވެގެން 3 އަހަރު  ފަނޑިޔާރުކަން ކޮށްފައިވާ މީހެއް ކަމުގައިވުން. އަދި މުބާރާތްތަކުގައި ބޭނުންކުރާ ސޮފްޓުވެއަރ ތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

6-    މުބާރާތަށް ހޮވިފައިވާ އެއްވެސް ބައިވެރިއަކަށް ތަމްރީނުދޭ މީހެއް ކަމުގައި ނުވުން.

7-    މުބާރާތަށް ހޮވިފައިވާ ފަރާތެއްގެ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިޔަކު ކަމުގައި ނުވުން.

8-    އިވުމާއި ފެނުމުން މަޙްރޫމު ވެފައިވާ މީހެއްކަމުގައި ނުވުން.

9-    ހިތުން ކިޔެވުމުގެ ގޮފީގެ ފަނޑިޔާރެއް ނަމަ ތަޖްވީދާއެކު ރަނގަޅަށް ޤުރްއާން ހިތުދަސް މީހެއްކަމުގައި ވުން.  

 

ވީމާ، މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ޝަރުޠުފުރިހަމަވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިމަރްކަޒަށް ސިޓިއާއެކު ތިރީގައި ބަޔާންކުރާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

  1. މުބާރާތުގެ ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ސިޓީ،
  2. ވަނަވަރު (ސީވީ)،
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ،
  5. މީގެ ކުރިން ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ކަމުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ،
  6. ޙާފިޡެއް ނަމަ، ޙާފިޡް ކަމުގެ ސަނަދުގެ ކޮޕީ،   

މުބާރާތަށް ފަނޑިޔާރުން ހޮވާނީ މަރްކަޒުން ދޭ ބަސްދީގަތުމުން އެންމެމަތީ މާކުސް ލިބޭ ތަރުތީބުންނެވެ.  

18 ޖުލައި 2019
ހޯދާ