މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިދޭސީންގެ ޑިޕޮސިޓް ފައިސާ ރީފަންޑު ކުރުން

ޢިއުލާން

ބިދޭސީންގެ ޑިޕޮސިޓް ފައިސާ ރީފަންޑު ކުރުން

            24 މާރިޗު 2019 ގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން ގެންދިޔަ ކޯޓާ ދޫކުރުމާއި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުން އަދި އެމްޕްލޮއިމަންޓް އެޕްރޫވަލްގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބަދަލުވުމާއި ގުޅިގެން ބިދޭސީންގެ ޑިޕޮސިޓް ފައިސާ ރީފަންޑު ކުރުން ވާނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައެވެ.

            ބީދޭސީން ރާއްޖެ ގެނައުމަށްޓަކައި ދައްކާފައިވާ ޑިޕޮސިޓް ފައިސާ ރީފަންޑުކުރުމުގެ މަސައްކަތް 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން މި މިނިސްޓްރީން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. އަދި މިވަގުތު ޑިޕޮސިޓް ފައިސާ ރީފަންޑު ކުރުމަށް ހަމަޖެހިފައިވަނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" ވުޖޫދަށް އައުމުގެފަހުން ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

            މޯލްޑިވްސް އިމިގްރޭޝަން އަދި މި މިނިސްޓްރީއަށް ޑިޕޮސިޓް ރީފަންޑަށް އެދި ހުށައަޅާފައިވާ ޑިޕޮސިޓް ރީފަންޑު ފޯމްތައް މިއަދުން ފެށިގެން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވައި، އެފޯމުތައް އޮންލައިންކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

            21 ޖުލައި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ޑިޕޮސިޓް ރީފަންޑަށް އެދި ހުށަހެޅޭނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏    16 ޛުލްޤަޢިދާ‏ 1440

18 ޖުލައި 2019
ހޯދާ