ބާރަށު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް

ވަޒީފާގެ ފުރުސަތު

މަޤާމް:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:                J-273468

ބޭނުންވާ އަދަދު:                 01

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 ޖީ.އެސް 4

މަޤާމުގެ ކުލެސިފިކެޝަން:           އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:          ބާރަށު ސްކޫލްގެ އޮފީސް

މުސާރަ:                      -/5020  ރުފިޔާ

ސަރވިސް އެލަވަންސް:             1500/- ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް:          -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ބިލްތައް އެންޓަރކޮށް އޯޑަރ ފޯމު އެޓޭޗްކުރުމާއި ، ރެކޯޑްތައް ބެލެހެއްޓުން.
  2. ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓްގެ ކަންތައް ބެލެހެއްޓުން.
  3. ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރ ކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  4. އިދާރީ މަސައްކަތް ކުރައްވާ މުވައްޒަފުން ޗުއްޓީގައި ތިއްބަވާ ދުވަސްވަރު އިދާރީ ގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
  5. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގަޔާއި، ކޯކަރިކިއުލަރ ހަރަކާތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  6. އެކިފަރާތްތަކުން އޮފީހަށް އަންނަ ސިޓީ، ފެކްސްމެސެޖް، ނޯޓު، ބިލް، ރިޕޯޓުފަދަ އެންމެހައި ލިޔުންތައް އެންޓްރީ ކުރުމާއި، ކަމާގުޅޭ ސެކްޝަންތަކަށް ހަވާލުކުރުން.
  7. އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  8. މަދަރުސާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ނޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  9. ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

10. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި، އެކޯލްތައް ޕާސްކުރަންޖެހޭ ސެކްޝަންތަކަށް ޕާސްކުރުން

11. މުވައްޒަފުންނާ ގުޅޭގޮތުން ސްކޫލުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ އަޕްޑޭޓު ކުރަންޖެހޭ ލިޔެކިޔުންތައް އަޕްޑޭޓްކުރުން.

12. މަދަރުސާގެ ކިޔަވައިދިނުމަށާއި އިދާރީ ހިންގުމަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތަށް އެއްޗެއް ސްޓޮކުން ހުސްވުމުގެ ނުވަތަ އެއްޗެއް ނުވަތަ ޚިދުމަތެއް ބޭނުކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދިވެހިރާއްޖޭގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދު އަދި ދައުލަތުގެ ފަރާތްތަކުން ކަނޑައަޅުއްވާ އެންމެހައި އުސޫލުތަކާއި އެއްގޮތަށް ހޯދުމާއި، ޕްރޮކިއުމަންޓް ރެކޯޑްތަށް ފުރިހަމަ ކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. ސާނަވީ ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ؛ ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ؛   ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ؛ ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޟިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް     

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 25ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބާރަށު  ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ޖުލައި 25 ން  2019 ޖުލައި 31 އާއި ދެމެދުގެ ދުވަހެއްގައި  މި ސްކޫލްގެ އޮފީހުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500527 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

 

                           14 ޒުލްޤައިދާ 1440

                            17 ޖުލައި  2019

17 ޖުލައި 2019
ހޯދާ