މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން-01 ދޯނި މަރާމާތުކުރުމާއި ބެހޭ:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށި ޖަލުގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުންނާއި އެހެނިހެން ދަތުރުތައް ކުރުމަށް ދުއްވުމަށް ބޭނުންކުރަމުންދާ ޕްރިޒަން-01 ދޯނި ކޮންޓްރެކެޓް އުޞޫލުން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

24 ޖުލައި 2019

ބުދަ

11:00  

އަންދާސީހިސާބު ހުށަހެޅުން

30 ޖުލައި 2019

އަންގާރަ

11:00  


 

17 ޖުލައި 2019
ހޯދާ