ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ރައްޔިތުން ރުއްގަސް ކުއްޔައްދޫކުރުން

ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައިވާ 207 (ދުވިސައްތަ ހަތެއް) ރުއް 2 އަހަރުގެ މުއްދަތައް ކުއްޔައްދޫކުރުމަށް ބޭނުންވެއެވެ. ވީމާ، ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖުލައި 2019 ވަނަ ދުވަހުގެ 10:00 ގެ ކުރިން ވަންދޫ ކައުންސިލް އިދާރާއަށް ލިޔުމުން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ލިޔުމުގައި ކުއްޔައްނެގުމަށް ހުށަހަޅާ އަގު، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ހިމެނުން އެދެމެވެ. މިއިއުލާނާއިއެކު ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އާއްމުކުރެވިފައިވާނޭ ކަމުގައި ދެންނެވީމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

15 ޖުލައި 2019
ހޯދާ