މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / ހެޑް އޮފީސް

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،500.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާ، މުސާރައިގެ %20. ޑިގްރީ، މުސާރައިގެ %40

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ކޯހެއް ފުރިހަމަ ކުރުމާއިއެކު ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

  • ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ގެންނަ މުދާ އަދި ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ ބޭނުންތަކަށް ގަނެވޭ މުދާ އަދި ޚިދުމަތް ހޯދުމުގެ ހުރިހާކަމެއް ކުރަމުންގެންދަނީ ޕްރޮކިއުމެންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތީންތޯ މޮނިޓަރކޮށް ބެލުން.
  • ސަޕްލަޔަރުންނާ ކުންފުނީގެ ސެންޓަރުތަކުން އަލަމުކުރަންޖެހޭ ސިޔާސަތުތަކާއި އުޞޫލުތައް ކަޑައެޅުން.
  • އޯވަރސީސް އަދި ލޯކަލް މުދާގަތުމުގައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިވޭތޯ އާއި މުދާ ގަނެވިފައިހުރީ ޤަވާޢިދާއެއްގޮތަށްތޯ ބަލައި ޗެކްކުރުން.
  • ކުންފުނީގެ އެކިތަންތަނުން ގަންނަން އެދޭ މުދަލުގެ "ޕަރޗޭސް ރިކުޒިޝަން" ގެ ހުށަހެޅުންތައް ބަލައި އެކަންކަން ބަރާބަރަށް ބެލެހެއްޓުމާއި، އަވަހަށް ގަންނަންޖެހޭ މުދާތައް ގަތުމުގައި ކުންފުނީގެ ޢަމަލު ކުރަންޖެހޭ އުޞޫލްތަކާއި އެއްގޮތަށް މުދާ ހޯދުން.
  • ބޭރުންގަންނަ މުދަލާއި އަދި ރާއްޖެއިން ގަންނަ މުދަލުގެ އިންވޮއިސްތައް ފައިސާ ދެއްކުމަށް ފޮނުވަންޖެހޭ ލިޔުންތައް ހަމަކޮށް މުއްދަތަށް ފައިސާ ދެއްކޭގޮތަށް ޕޭމަންޓްސް ސެކްޝަނަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މުދާ ގަތުމަށް ޢިއުލާން ކުރަންޖެހޭ ތަކެތި ޢިއުލާން ކުރުވުމާއި، ބިޑް އުޞޫލުން ހޯދަންޖެހޭ ތަކެތި ބިޑަށް ހުޅުވާލެވިގެން ހޯދުމަށް ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ބ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ޅ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

-   ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޖުލައި 2019

17 ޖުލައި 2019
ހޯދާ