މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 200 ހައުސިންގ ޔުނިޓުގެ ފުރާޅާއި ސީލިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 200 ހައުސިންގ ޔުނިޓުގެ ފުރާޅާއި ސީލިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/37 (25  ޖޫން 2019) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2019 ޖުލައި 22 ވާ ހޯމަ ދުވަހުގެ 13:30 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން ފެށިގެން 2019 ޖުލައި 22 ވާ ހޯމަ ދުވަހުގެ 11:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.    
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖުލައި 21 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

17 ޖުލައި 2019
ހޯދާ