މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިރީގައިވާ ކޯޒްވޭ ހެދުމުގެ މަޝްރޫޢުތަކަށް ޑިޒައިން ކުރުމުގެ މަސައްކަތާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭ
  • ގދ. ފަރެސްމާތޮޑާ- ފަރެސްމާތޮޑާ އެއާޕޯޓް ކޯޒްވޭ

ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv  އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ. އަދި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 18  ޖުލައި 2019 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.

މި މަސައްކަތާއި ބެހޭ  ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 28 ޖުލައި 2019 ވާ އާދިއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:                       

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 300400   ފެކްސް:3004301

އީ-މެއިލް: anoosha.hashim@planning.gov.mv

                                 

16 ޖުލައި 2019
ހޯދާ