ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

1440 ވަނަ އަހަރު އަލަށް ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް 02 އެޕްރީލް 2019 އިން 28 އެޕްރީލް 2019 އަށް ހުޅުވާލި ފުރުޞަތުގައި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް ފަޤީރުންގެ ފޯމް ހުށަހެޅުމުގެ ފުރުޞަތު 01 އޯގަސްޓް 2019 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން ތިރީގައިވާ ދެންނެވިފައިވާގޮތުގެ މަތިން ކުރިއަށް ދާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  •   ފޯމް ދޫކުރުން : 08:00 ން 14:00 އަށް (ރަސްމީ ދުވަސްތަކުގައި)
  •   ފޯމް ބަލައިގަތުން: ހެނދުނު 08:00 ން 11:00 އަށް އަދި މެންދުރު ފަހު 13:00 ން 14:00 އަށް (ރަސްމީ ދުވަސްތަކުގައި)

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި މިއިދާރާގެ ވެބްސައިޓް www. kulhudhuffushi.gov.mv ލިބެން ހުންނާނެއެވެ.

16 ޖުލައި 2019
ހޯދާ