ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިންދޫކުރުން

އިރުވައިކޮޅުން ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 4000 އަކަފޫޓުގެ  10 ބިން 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. ކައުންސިލުން ކަނޑައަޅާ ކުލީގެ އަގަކީ 4000 އަކަފޫޓު ބިމެއް މަހަކަށް 200/-ރ ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ މަހަކަށް 200/- ރ  އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ.

  •  ބިންދޫކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
  •  ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.

                   ބިންދޫކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

16 ޖުލައި 2019
ހޯދާ