ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

25 ޖުލައި 2019 ން 28 ފެބްރުއަރީ 2020 އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް: އިޖްތިމާޢީ ކޮމިޓީ މަސައްކަތު

ބޭނުންވާ އަދަދު: 01

އުޖޫރަ: -/1300 ރ

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ސާފުކުރުމަށް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އެސަރަހައްދުތައް ސާފުކުރުން.
  • އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ އަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

 

        ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ބޭފުޅުން ޝައުޤުވެރިކަން ފާޅުކޮށް ލިޔުމުން ޝައުޤުވެރިވާ މަޤާމް އެގޭގޮތަށް 24 ޖުލައި 2019 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

 

16 ޖުލައި 2019
ހޯދާ