ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޮޅިވަރަމު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިއޮތް Toyota Townace ވޭނުގެ އިންޖީނު މަރާމާތުކުރުމާއި، ވެހިކަލްގެ ބޮޑީ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވެހިކަލް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 23 ޖުލައި 2019 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޒިރުވުން އެދެމެވެ.

މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:00 ގައި ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.  

15 ޖުލައި 2019
ހޯދާ